Last Updated: April 16, 09:59
Tuesday, April 16, 2024
ޚަބަރު

ބޭރުގައި އުޅޭ ދިވެހިންނަށް ހިލޭ ބޭސްފަރުވާ ލިބޭނީ ކޮންމެވެސް އެއް ސްކީމަކަށް

ފޮޓޯ: އަވަސް

ސްރީލަންކާއާއި އިންޑިއާ އަދި މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް އާސަންދައިގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޚާއްސަ ސްކީމެއް ތަޢާރަފުކޮށްފައިވާއިރު، މި ގައުމުތަކުގައި ދިރިއުޅޭ ކޮންމެ ދިވެއްސަކަށްވެސް ބައިވެރިވެވޭނީ އޭގެތެރެއިން ކޮންމެވެސް އެއް ސްކީމެއްގައި ކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.

އާސަންދައިން ބުނީ މި ތިން ގައުމުގައި ދިރިއުޅޭ ދިވެހިން މެރާނާ ސްކީމުގައި ރަޖިސްޓަރީވާ ހިސާބުން ހުސްނުވާ އާސަންދަ އެގައުމުތަކުގައި އުޅޭ ދިވެހިންނަށް ނުލިބޭނެ ކަމަށެވެ. މެރަނާ ސްކީމުގައި ވަކި ލިމިޓެއް ކަނޑައެޅިފައިވާއިރު، ހުސްނުވާ އާސަންދަ އަކީ އޭގައި ލިމިޓެއް ކަނޑައެޅިފައިވާ ސްކީމެއް ނޫނެވެ.

މެރަނާ ސްކީމް މެދުވެރިކޮށް ދޭ ހިދުމަތްތައް ރާއްޖެއިން ބޭރުގައި ތިބެގެންއެ ހިދުމަތްތައް ލިބެއެވެ. ނަމަވެސް ރާއްޖެ އިން ބޭރުގައި އުޅޭ މީހުން ހުސްނުވާ އާސަންދަ ނަގައިފި ނަމަ، ރާއްޖެއިން ލިބެން ހުންނަ ފަރުވާތައް ހޯދަން ރާއްޖެ އަންނަން ޖެހެއެވެ.