Last Updated: June 10, 09:20
Wednesday, June 10, 2026
މުނިފޫހިފިލުވުން

ޕްރިޔަންކާގެ ބައްޕަ މަރުވެއްޖެ

ބޮލީވުޑްގެ އެންމެ ނުފޫޒް ގަދަ ބަތަލާއިންގެ ތެރޭގައި ހިމެނޭ ޕްރިޔަންކާ ޗޯޕްޅާގެ ބައްޕަ ޑރ. އަޝޯކް ޗޯޕްޅާ ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް މިއަދު މަރުވެއްޖެ އެވެ.

މީގެ 17 ދުވަސް ކުރިން ކޮކީލާބެން ދިރުބާއީ އަމްބާނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށް އިންޑިިއާގެ އަސްކަރިއްޔާ އިން ރިޓަޔާކޮށްފައިވާ ކާނަލް ޑރ. އަޝޯކް މަރުވީ މިއަދު މެންދުރު 12:30 އެހާކަށްހާ އިރު އެވެ.

އޭނާ މަރުވީ އަހަރުތަކެއް ވަންދެން ކެންސަރާ ހަނގުރާމަކޮށް، އެ ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. އަަޝޯކް މަރުވި އިރު އޭނާގެ ގާތުގައި އަންހެނުން މަދޫ އާއި ޕްރިޔަންކާގެ އިތުރުން ފިރިހެން ދަރިފުޅު ސިދާތު ޗޯޕްޅާ ވެސް ތިއްބެވެ.

ޕްރިޔަންކާގެ ބައްޕަގެ މަރުގެ ހަބަރާ ގުޅިގެން ބޮލީވުޑްގެ ވަރަށް ގިނަ ފަންނާނުން އަންނަނީ ޓްވިޓާ މެދުވެރިކޮށް އެ އާއިލާއަށާއި ޕްރިޔަންކާ އަށް ތައުޒިޔާގެ މެސެޖްތައް ފޮނުވައި ހިތްވަރު ދެމުންނެވެ.

ޕްރިޔަންކާގެ ބައްޕަ އަޝޯކް، ޕްރިޔަންކާ އާ އެކު އެކިއެކި ހަފުލާތަކުން ފެނުމަކީ ވަރަށް އާންމު ކަމެކެވެ.