Last Updated: May 3, 17:16
Friday, May 3, 2024
ޚަބަރު

އެކްސިޑެންޓް އެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މާލޭގައި ރޭ ފަތިހު ހިނގި އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ރޭ ފަތިހު 5:20 ހާއިރު ޑޮން ކެފޭ ކުރިމަތިން ބާރަށް ދުއްވާފައި ދިޔަ ދެ ސައިކަލް ކޮންޓްރޯލް ނުކުރެވި ޕާކްކޮށްފައި އޮތް ޕިކަޕްއެއްގައިޖެހި އެކްސިޑެންޓްވެފައިވާ ކަމަށެވެ.

މި ހާދިސާގައި އެއް ސައިކަލް ދުއްވަން އިން މީހާ އެކްސިޑެންޓަށްފަހު މަޑު ނުކޮށް ފިލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓްގައި އޭގެ ތެރެއިން އެއް ސައިކަލްގައި ތިބި ދެ މީހަކަށް އަނިޔާވި އިރު އެ ދެ މީހުންގެ ގައިގެ ތަންތަނުން ހަން މަށައިގެން ގޮސްފައި ވެއެވެ.

އަދި އެ މީހުން އައިޖީއެމްއެެޗަށް ގެންގޮސް ވަނީ ފަރުވާ ދީފައި ކަމަށާ އެ ސައިކަލް ދުއްވި މީހާގެ އަތުގައި ލައިސަންސެއް ނެތް ކަމަށްވެސް ފުލުހުން ވަނީ ބުނެފައިވެއެވެ.