Last Updated: May 3, 17:36
Friday, May 3, 2024
ޚަބަރު

ވަގުތު ކުޑަތަންވެފައިވަނިކޮށް ގިނަ ބިލުތަކެއް އެޖެންޑާކޮށްފި

މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މި އޭޕްރީލް މަހުގެ ނިޔަލަށް ނިމޭއިރު، މާދަމާ ބާއްވާ ޖަލްސާއަށް 12 ބިލެއް ހުށަހެޅުމަށް އެޖެންޑާ ކޮށްފިއެވެ.

އެއް މަސްދުވަހުގެ ޗުއްޓީއަށްފަހު، ދެން މަޖިލީހުގެ ޖަލްސާތައް ޖޫން މަހުގެ ފެށޭއިރު، ހިނގަމުންދާނީ މިމަހުގެ ހަ ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ހޮވިފައިވާ، 87 މެމްބަރުންނާއެކު، 19 ވަނަ ރައްޔިތުންގެ މަޖިލީހެވެ.

މާދަމާ ބާއްވާ ޖަލްސާގެ އެޖެންޑާގައި މަޖިލީހަށް ތައާރަފް ކުރަންޖެހޭ ބިލްގެ އެޖެންޑާގެ ދަށުން 12 ބިލެއް އެޖެންޑާ ކޮށްފައި ވެއެވެ. އެއީ އެބިލްތަކުގެ ފުރަތަމަ ކިޔުމެވެ.

އެޖެންޑާ ކޮށްފައިވާ 12 ބިލުގެ ތެރޭގައި މުޅިއް އަލަށް ހުށަހެޅޭ ބިލްތަކާއި ބައެއް ގާނޫނުތަކަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތައްވެސް ހިމެނެ އެވެ.

މުޅިން އަލަށް ހުށަހަޅާފައިވާ ބިލްތަކުގެ ތެރޭގައި، ސަރުކާރުގެ ފަރާތުން، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޘަޤާފީ ތަރިކައިގެ ބިލު ގެ ފުރަތަމަ ކިޔުން އިއްވުމާއި ސަރުކާރުގެ ފަރާތުން، ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ދީދީ ހުށަހަޅުއްވާފައިވާ، ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން ހިމެނެ އެވެ.

މީގެއިތުރުން، ސަރުކާރުގެ ފަރާތުން، އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމާއި، ސަރުކާރުގެ ފަރާތުން، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ހުށަހަޅުއްވާފައިވާ، މުދާގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން ހިމެނެއެވެ

އަދި ސަރުކާރުގެ ފަރާތުން، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހަޅުއްވާފައިވާ، އިންތިޤާލީ ޢަދާލަތުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން އަދި ސަރުކާރުގެ ފަރާތުން، ފެލިދޫ ދާއިރާގެ މެންބަރު އަހުމަދު މަރުޒޫގު ހުށަހަޅުއްވާފައިވާ، ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑާ ބެހޭ ބިލުގެ ފުރަތަމަ ކިޔުން އިއްވުން ހިމެނެ އެވެ.

ބައެއް ގާނޫނުތަކަށް ގެންނަށް ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ ބިލްތަކުގެ ތެރޭގައި ހިމެނެނީ، ސަރުކާރުގެ ފަރާތުން، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ހުށަހަޅުއްވާފައިވާ، ދިވެހި ސިވިލް ސަރވިސްގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ ބިލްގެ ފުރަތަމަ ކިޔުން އިއްވުމާއި، ސަރުކާރުގެ ފަރާތުން، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހަޅުއްވާފައިވާ، ހިޔުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ފުރަތަމަ ކިޔުމެވެ.

އަދި ސަރުކާރުގެ ފަރާތުން، އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ފުރަތަމަ އިއްވުން ހިމެނެ އެވެ.

މީގެއިތުރުން، ސަރުކާރުގެ ފަރާތުން، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله ހުށަހަޅުއްވާފައިވާ، އެންޓި-ކޮރަޕްޝަން ކޮމިޝަނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމާއި ސަރުކާރުގެ ފަރާތުން، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހުށަހަޅުއްވާފައިވާ، އޮޑިޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން އަދި ސަރުކާރުގެ ފަރާތުން، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހަޅުއްވާފައިވާ، އިލެކްޝަންސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ފުރަތަމަ ކިޔުން އިއްވުން ހިމެނެ އެވެ.

އަންނަ މެއި މަހުގެ ފަހުކޮޅު، މަޖިލީހަށް ހޮވިފައިވާ 87 ކެންޑިޑޭޓުން ހުވާކުރުމުގެ ރައްމިއްޔާތު ބާއްވައި، މަޖިލީހުގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރާނެ އެވެ. އާ މަޖިލީހުގެ ސާފު އަޣްލަބިއްޔަތު ލިބިފައިވަނީ ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއަށެވެ. އެމްޑީޕީ އިން ވަނީ 65 ގޮނޑި ކަށަވަރު ކޮށްފައެވެ.