Last Updated: April 24, 12:56
Wednesday, April 24, 2024
މުނިފޫހިފިލުވުން

ފިލްމް "ޒީރޯ" އަކީ ވަރަށް ޚާއްސަ ފިލްމެެއް: އާނަންދު

ފިލްމް"ޒީރޯ"ގެ ބަތަލު ޝާހްރުކްޚާން އަދި ޑިރެކްޓަރ އާނަންދު

ފިލްމް "ޒީރޯ" އަކީ އުއްމީދު ކުރި ފަދަ ކާމިޔާބީތަކެއް ލިބުނު ފިލްމަކަށްނުވި ނަމަވެސް އެއީ ފިލްމް އުފެއްދި ފަރާތްތަކަށް ވަރަށް ޚާއްސަ ފިލްމެއް ކަމަށް ފިލްމްގެ ޑައިރެކްޓަރު އާނަންދު އެލް ރާއީ ބުނެފިއެވެ.

އާނަންދު ވަނީ އެ ފިލްމު އެމީހުންގެ ހިތުން ވަރަށް ހާއްސަ ޖާގައެއް ހޯދާފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ. ޑައިރެކްޓަރު ވަނީ ބެއިޖިންގ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް 2019 އަށް އެ ފިލްމު ހޮވިފައިވާތީ އެކަން ވެސް އެފަލާއިއެކު ފާހަގަކޮށްފައެވެ.

"އަހަރުމެންނަށް ވަރަށް ހިތްވަރު ލިބުނު ކަމެއް ބެއިޖިންގ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް 2019 ނިންމާ ފިލްމަކަށް ފިލްމް" ޒީރޯ" ހަމަޖައްސާފައިވާތީ. އެ ޚަބަރަކީ ވަރަށް އުފާވެރި ޚަބަރެއް" އާނަންދު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

2018ވަނަ އަހަރު ނެރުނު މި ފިލްމުގައި ޝާހްރުކްޚާން ފެނިގެން ދިޔައީ ކުރުމީހެއްގެ ރޯލުންނެވެ. އަދި އަނުޝްކާ ޝަރުމާ ފެނުގެން ގޮސްފައިވަނީ ނުކުޅެކޭ ގޮނޑިއެއްގައި އިންނަ އެހެން ނަމަވެސް ވަރަށް ކުޅަދާނަ ނާސާގައި ހަރަކާތްތެރިވާ ސައިންޓިސްޓެއްގެ ރޯލުންނެވެ. ތިނެސްކަން ލޯބީގެ ވާހަކައަކަށް އުފައްދާފައިވާ މި ފިލްމުގައި ދެން ފެނިގެންދިޔަ ތަރިއަކީ ކެޓްރީނާ ކެއިފްއެވެ.