Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ޖާބިރަކީ ރާއްޖޭގެ ފަތުރުވެރިކަން އާ އުސްމިންތަކަށް ގެންދެވޭނެ ބޭފުޅެއް: ނިހާން

އަހުމަދު ނިހާން ހުސައިން މަނިކު. ފޮޓޯ: ރާއްޖެ.އެމްވީ

ކާށިދޫ ދާއިރާގެ އިންތިޚާބީ މެމްބަރު ޢަބްދުﷲ ޖާބިރުއަކީ ރާއްޖޭގެ ފަތުރުވެރިކަން އާ އުސްމިންތަކަކަށް ގެންދެވޭނެފަދަ ގާބިލް ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ.

ނިހާން މިހެން ވިދާޅުވެފައިވަނީ އިއްޔެ ރޭ ކުރެއްވި ޓްވީޓެއްގައެވެ.

"ކާށިދޫ ދާއިރާގެ މެމްބަރުކަމަށް އިންތިޚާބު ވެފައިވާ ޗެއަރމަން ޖާބިރުއަކީ ރާއްޖޭގެ ފަތުރުވެރިކަން އާ އުސްމިންތަކަކަށް ގެންދެވޭނެފަދަ ގާބިލް ބޭފުޅެއް." ނިހާން ވިދާޅުވިއެވެ.

މި ދުވަސްކޮޅު މުޅި މީސްމީޑިއާގެ ސުރުޚީތަކުގައި ފެންނަނީ ޖާބިރުގެ ވާހަކަތަކެވެ. ޖާބިރު ދައްކަވާ ބައެއް ވާހަކަތަކަށް ފާޑުފާޑުގެ ފޮޓޯ އެޑިޓްކޮށް މީހުން ޝެއަރ ކުރަމުން ގެންދެއެވެ. ނިހާންގެ ޓްވީޓްގައި އޭނާވެސް ވަނީ އެފަދަ ޖާބިރުގެ ފޮޓޯއެއް ޝެއަރ ކުރައްވާފައެވެ.