Last Updated: May 3, 11:12
Friday, May 3, 2024
ޚަބަރު

އިމާރާތަކުން ރަހަފަތިގަނޑެއް ވެއްޓި ކާރަކަށް ގެއްލުންވެއްޖެ

މާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ކާރެއްގެ މައްޗަށް ރަހަ ފަތިގަނޑެއް ވެއްޓި ގެއްލުންތަކެއް ވެއްޖެ އެވެ.

މިއަދު 11:50 ހާއިރު މި ހާދިސާ ހިނގާފައިވަނީ ވެލާނާގެ ކައިރީގައި ހަދަމުންދިޔަ އިމާރާތަކުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރަހަ ފަތިގަނޑެއް ވެއްޓި ކާރެއްގައި ޖެހިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށެވެ.

އަދި އެ މައްސަލަ މިހާރު ވަނީ މާލޭ ސިޓީ ކައުންސިލާ ހިއްސާ ކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.

މާލޭގައި ހަދަމުންދާ އިމާރާތްތަކުގެ ސަލާމަތީ ކަންކަން ދަށް ވުމުގެ ސަބަބުން ސިޓީ ކައުންސިލުން ވަނީ ބައެއް ސައިޓް ތަކުގެ މަސައްކަތް ހުއްޓުވައި އިސްލާހު ކުރުމަށް ފުރުސަތު ދީފައި ވާއިރު ގަވާއިދުން އެ ތަންތަން މޮނިޓާ ކުރާނެ ކަމަށް ވެސް ސިޓީ ކައުންސިލުން މީގެ ކުރިން ވަނީ ބުނެފަ އެވެ.