Last Updated: July 1, 09:43
Wednesday, July 1, 2026
ޚަބަރު

ގާ އަޅައިގެން ހުޅުމީދޫ މަގު ހަދަން ފަށައިފި

ރޯޑް ކޯޕަރޭޝަނުން ހުޅުމީދޫ މަގު ގާ އަތުރައިގެން ހަދަނީ. ފޮޓޯ: ވީއޯއެމް

ހުޅުމީދޫގެ މަގުތައް ގާ އަތުރައިގެން ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އިން ފަށައިފި އެވެ.

ހުޅުމީދޫގެ މަގު ރަނގަޅު ފެންވަރަކަށް ހެދުމަށް މިދިޔަ މަހުގެ 8 ވަނަ ދުވަހު ރައީސް އިފްތިތާހް ކުރެއްވި މަޝްރޫއުގެ ދަށުން އިއްޔެ ވަނީ ހުޅުމީދޫ ސިއްހީ މަރުކަޒުގެ ކުރިމަތިން އޮންނަ ލިލީމަގުގެ ހުޅަނގު ފަރާތުން މަސައްކަތް ފަށާފަ އެވެ.

ހުޅޫމީދޫ މަގު ހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހެދުމަށް ހަމަޖެހިފައި ވަނީ 12 މަގެކެވެ.

އެއީ ކޯގަންނު މަގު، ފެންނާ މަގު، ކުންނިއަރު ގޯޅި، ހަވީރީ ހިނގުން، މުތީގޯޅި، ފަގީހުމޫސާ މަގު، ކަޅު ކަމަނާރު މަގު، ރަބީއީ މަގު، ޝެއިޚް އަބްދުލްބާރީ މަގު، ދޮންމަނިކު މަގު އަދި މުހުސީނީ މަގެވެ.

ރޯޑް ކޯޕަރޭޝަނުން ހުޅުމީދޫ މަގު ހަދަން ފަށާފައިވާ އިރު މަގުގައި މިހާރު އަޅަމުންދާ ގަލަކީ ސާކް ސަަމިޓަށް ހުޅުމީދޫ މަގު ހެދުމަށް ގެނެސްފައިވާ ގަލެވެ.

ރޯޑް ކޯޕަރޭޝަނުން އަންނަނީ ހިތަދޫ މެދެ އާރި މަގު ހެދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ވަރަށް އަވަހަށް ޝަރަފުއްދީން މަގު އެއްވަރުކޮށް ދެ ފަރާތުގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ފަށާނެ އެވެ.