Last Updated: April 19, 17:49
Friday, April 19, 2024
ޚަބަރު

ޖަލުތަކުގެ އޮޑިޓް ރިޕޯޓް ނިންމައި، ހޯމްމިނިސްޓްރީއާ ހަވާލުކޮށްފި

ޖަލުތަކުގެ ހާލަތު ދެނެގަތުމަސް ތައްޔާރުކުރި ރިޕޯޓް ހޯމް މިނިސްޓަރގެ އަތްޕުޅަށް އަރުވައިފި- ފޮޓޯ: ހޯމް މިނިސްޓްރީ

ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ކުރީކޮޅު އުފެއްދެވި ޖަލުތަކުގެ އޮޑިޓް ކޮމިޓީން، ރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓު އެކުލަވާލައި، ހޯމް މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.

ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޮޑިޓް ރިޕޯޓު ނިންމައި، ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ އާ އޮޑިޓް ރިޕޯޓް ވަނީ ހަވާލުކޮށްފައެވެ.

މިނިސްޓަރ އިމްރާން، މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، މިސަރުކާރު އައި އިރު ރާއްޖޭގެ ޖަލުގެ ހާލަތު އޮތީ ވަރަށް ގޯސްކޮށް ކަމަށެވެ. ރައީސް ސޯލިހް ޖަލުތަކުގެ ހާލަތު ބަދަލު ކުރެއްވުމަށް ފެއްޓެވި މަސައްކަތްޕުޅުގެ ފުރަތަމަ މަރުހަލާ ކަޑައްތު ކުރެވިފައިވާކަން ފާހަގަކޮށް އިމްރާން ވިދާޅުވީ ޖަލުގެ ހާލަތު ރަނގަޅު ކުރެވޭނެ ކަމަށާއި މި އޮޑިޓް ރިޕޯޓަށް ބިނާކޮށް ޖަލުތަކުގެ ހާލަތު ރަނގަޅު ކުރާނެ ކަމަށެވެ.

އަދި ވަރަށް އަވަހަށް އޮޑިޓް ރިޕޯޓް ރައްޔިތުންނަށް އާންމު ކުރާނެ ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ. ރާއްޖޭގެ ޖަލުތަކުގެ ހާލަތު، ދުނިޔޭގެ ފެންވަރުގައި ޖަލުތަކުގެ ހާލަތު އޮންނަ މިންވަރަށް ރަނގަޅު ކުރެވޭނެ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވެފައިވެއެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އިމްރާން ވެސް ގިނަ ދުވަސް ވަންދެން ޓެރަރިޒަމްގެ ކުށް ސާބިތުވެ ޖަލުގައި ބަންދުކޮށްފައިވެއެވެ. ނަމަވެސް އެ ހުކުމް ފަހުން ވަނީ ބާތިލުކޮށްފައެވެ.