Last Updated: July 24, 06:25
Friday, July 24, 2026
ޚަބަރު

ދެކުނު ޕޮލިސް ކޮމާންޑަރު ސަސްޕެންޑްކޮށްފި

އައްޑޫ އަދި ފުވައްމުލަކަށް ކަނޑައަޅާފައިވާ ފުލުހުންގެ ކޮމާންޑަރު ސްޕްރިޑެންޓް އަބްދުﷲ ރިއާޒު ފުލުހުންގެ ހިދްމަތުން ސަސްޕެންޑްކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ރިއާޒް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ތަފްސީލެއް ނުދެއްވަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރިއާޒު ސަސްޕެންޑް ކޮށްފައިވަނީ އިދާރީ މައްސަލައަކާ ގުޅިގެންނެވެ.