އައްޑޫގެ ތިން ރަށެއްގެ ބިން ހިއްކުމަށް ކޮންޓްރެކްޓް ފައިނޭންސް އުސޫލުން އިއްލާން ކުރީ ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތިކަމަށް ފައިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.
އިއްޔެ މަޖިލީސްއަށް ފިނޭންސް މިނިސްޓަރ ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން އައްޑޫގެ ތިން ރަށެއްގެ ބިން ހިއްކަން އިއުލާންކުރީ އެ މިނިސްޓްރީގެ އެއްވެސް ހުއްދައެއް ނެތި ކަމަށެވެ.
އައްޑޫގެ ތިން ރަށެއްގެ ބިން ހިއްކުމަށް ހައުސިން މިނިސްޓްރީން އިއްލާން ކޮށްފައިވަނީ ގާނޫނުގެ ތެރެއިން ބަޖެޓުން ކުރަންޖެހޭ ހަރަދު އެންމެ ކުޑަ ގޮތަކަށް ކުރުމަށް ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.
ނަމަވެސް މާލިއްޔަތު ކޮމެޓީން ބުނެފައިވަނީ މަރަދޫ، އަދި ފޭދޫ އަދި ހިތަދޫގެ ބިން ހިއްކުމަށް މިއަހަރު ބަޖެޓް ކުރެވިފައި ނުވާ އިރު ބަޖެޓްގައި ނެތް މަޝްރޫއުތަކެއް ކުރިއަށް ގެންދިޔުމަކީ މާލިއްޔަތު ގާނޫނުން ތަންދޭ ކަމެއް ނޫން ކަމަށެވެ.
އަދި މިފަދަ މަޝްރޫއު ތަކަށް ސަރުކާރުން ހިންގާކަމަށް އެ ކޮމެޓީން ވަނީ ބުނެފަ އެވެ.
އެހެން ނަމަވެސް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހަފުތާގެ ތެރޭގައި ވިދާޅުވީ އައްޑޫން ބިން ހިއްކަން ބީލަމަށްލީ ގާނޫނާ އެއްގޮތަށް ކަމަށެެވެ. އަދި އެކަން ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.
އެގޮތުން ހިތަދޫ ހިއްކަން ނިންމި 17.7 ހެކްޓަރު ހިއްކުމަށް ފަހު، ދެވަނަ ފިޔަވައްސެއްގައި އެ ރަށުން އިތުރަށް ބިން ހިއްކާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
ފޭދޫން 41 ހެކްޓަރު ހިއްކަން ނިންމި އިރު މަރަދު އާއި މަރަދޫފޭދޫން 75 ހެކްޓަރުގެ ބިން ހިއްކަން މިނިސްޓްރީން ވަނީ ނިންމާފަ އެވެ.