Last Updated: April 26, 15:02
Friday, April 26, 2024
ޚަބަރު

ބާރުތައް ލިބިއްޖެ، މިތިބީ ވާގޮތް ބަލަން: އާރިފް

ޕީޕީއެމް ތަރުޖަމާނު ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް، ފޮޓޯ: އަވަސް

އެމްޑީޕީ އަށް އެބޭފުޅުން ބޭނުންވި ބާރުތައް ލިބިއްޖެ ކަމަށާއި ދެން ތިއްބަވާނީ އެބޭފުޅުންނަށް ސަރުކާރު ހިންގޭ މިންވަރު ބަލަން ކަމަށް ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވެއްޖެއެވެ.

އެޕްރިލް ހަވަނަ ދުވަހު ބޭއްވި މަޖިލިސް އިންތިޚާބުން ސުޕަ މެޖޯރިޓީ އެމްޑީޕީއަށް ލިބިފައިވާއިރު މިފަހަރުގެ އިންތިޚާބުން އަލީ އާރިފަށް ވެސް ކެލާ ދާއިރާގެ ގޮނޑި ކާމިޔާބެއް ނުކުރެވުނެވެ. މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އާރިފް ވިދާޅުވީ މިހާރު (އެބޭފުޅުންނަށް) ބާރު ލިބިއްޖެ ކަމަށާއި އުއްމީދަކީ އެޖެންޑާގައި ހުރި ކަންކަން ތަންފީޒު ވުން ކަމަށެވެ.

ނަމަވެސް ކުރިންވެސް އެބޭފުޅުން ވަނީ އެބޭފުޅުންގެ މީހުންނަށް ފްލެޓު ލިބި ނިމިގެން ނޫނީ އެހެން ބަޔަކަށް ފްލެޓު ނުލިބޭނެ ކަމަށް ވިދާޅުވެފައި ކަމަށާއި މިފަހަރުވެސް ވާނީ އެހެން ކަމަށް ލަފާ ކުރެވޭ ކަމަށް އާރިފް ވިދާޅުވިއެވެ. އުއްމީދަކީ އެހެން އެގޮތަށް ނުވުން ކަމަށް އޭނާގެ ވާހަކަފުޅުގައި އިތުރުކޮށްފައިވެއެވެ.

އަދި ރައްޔިތުން (އެމްޑީޕީއަށް) ވޯޓު ދިނީ ވަރަށް ފޮނި އުއްމީދެއްގައި ކަމަށާއި އެބޭފުޅުން ކަންކަން ރަނގަޅު ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އެމްޑީޕީގެ ރައީސް އަދި މައްޗަނގޮޅި މެދު ދާއިރާއަށް އިންތިޚާބުވެވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ވައުދު ފުއްދުން ނޫން ކަމެއް 19 ވަނަ މަޖިލީހުގައި އެމްޑީޕީން ނުކުރާނެ ކަމަށެވެ.