Last Updated: April 25, 17:59
Thursday, April 25, 2024
ޚަބަރު

އައްޑޫ އާއި ފުވައްމުލަކަށް ޔެލޯ އެލާޓު ނެރެފި

މޫސުން ގޯސްވެ ފުވައްމުލަކާއި އައްޑޫ ސިޓީ އަށް ޔެލޯ އެލާޓު ނެރެފި އެވެ.

ބޯކޮށް ވާރޭ ވެހުމާ ގުޅިގެން އެ ސަރަހައްދުތަކަށް ޔެލޯ އެލާޓު ނެރެފައި ވަނީ މެންދުރު 12:40 އިން 15:20 ގެ ނިޔަލަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ މެދުތެރެއާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާއިރު އުތުރުގެ އަތޮޅުތަކަށް ގުގުރުމާއެކު ކެރީގެ އަސަރު ފޯރާނެ ކަމަށެވެ.

އެގޮތުން ވައި ޖެހޭނީ ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވާނެ ކަމަށް ވެސް އެއިދާރާއިން ވަނީ ބުނެފައެވެ.