Last Updated: April 24, 12:56
Wednesday, April 24, 2024
ޚަބަރު

ހުރަވީ ބިލްޑިންގެ ބެލްކަނިން ބައެއް ވެއްޓިއްޖެ

ހުރަވީ ބިލްޑިންގެ ބެލްކަނީ ޝީޓުން ބައެއް ވެއްޓި ސައިކަލަކަށް ގެއްލުން ވެއްޖެއެވެ.

ފުލުހުން ބުނީ، މިއަދު 12:42 ހާއިރު ހުރަވީ ބިލްޑިންގެ އަމީރު އަހުމަދު މަގާއިވާ ފަޅީގައި ހުރި ބެލްކަންޏެއްގެ ޝީޓުން ބައެއް ވެއްޓި ސައިކަލަށް ގެއްލުންވެފައިވާ ކަމަށެވެ. އެކަމަކު އެ ހާދިސާ އެެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ ކަމަށް ފުލުހުން ވަނީ ބުނެއެވެ.

އެހާދިސާގެ މައުލޫމާތު މާލޭ ސިޓީ ކައުންސިލަށް ވެސް ހިއްސާކޮށްފައިވާ ކަމަށާއި އަދި މިހާރު ސިޓީ ކައުންސިލުން އެސަރަހައްދަށް ގޮސް އިމާރާތް ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މީގެ ކުރިން ވެސް ހުރަވީ ބިލްޑިންގެ ޝީޓުން ވެއްޓުނު ބަޔަކުން ޖެހި މީހަކަށް އަނިޔާވިއެވެ. އެފަހަރުވެސް ޝީޓުން ބައެއް ވެއްޓުނީ އެސަރައްދުގައި އުޅަނދުތައް ޕާކުކޮށްފައި އޮތް ތަނަކަށް ކަމުން ސައިކަލުތަކަށް އެކިވަރުގެ ގެއްލުން ލިބުނެވެ.