Last Updated: April 24, 20:13
Wednesday, April 24, 2024
ޚަބަރު

ސްޕެޝަަލް އެންވޯއީގެ މަގާމުން ޖާބިރު ވަކިކުރާކަށް ރައީސް ނުނިންމަވާ: ހޫދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ "ސުޕެޝަލް އެންވޯއީ"ގެ މަޤާމުން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ އިންތިޚާބީ މެމްބަރު ޢަބްދުﷲ ޖާބިރު ވަކިކުރައްވަން ނިންމަވާފައިނުވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ޖާބިރު މަޤާމުން ވަކިކުރަން ނިންމަވާފައި ވާކަމަށްބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވީ ޖާބިރު އެމަގާމުން ވަކިކުރައްވަނީ ނޫންކަމަށާއި އެހެންނަމަވެސް ޖާބިރު ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވުމާއެކު އެމަގާމް އޮޓަމެޓިކުން ގެއްލޭނެކަމަށެވެ.

"ޖާބިރު މަގާމުން ވަކިކުރާކަށް ރައީސް ނުނިންމަވާ. މަޖިލީހުގެ މެމްބަރަކަށް ދެވަޒީފާ އަދާނުކުރެވޭނެ. ސަރުކާރުގެ މަގާމެއްގައި ހުންނަވާ ބޭފުޅަކު މަޖިލީހުގެ ހުވާކުރައްވާ ހިސާބުން ފެށިގެން އޮޓަމެޓިކުން އޭނާގެ ވަޒީފާ ގެއްލޭނެ." ހޫދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވައި ގޮނޑި ކާމިޔާބުކުރައްވާފައިވާ ޖާބިރުވަނީ މަޖިލީހުގެ ރައީސްކަމަށް ވަޑައިގަތުމަށާއި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޕީޖީލީޑަރު ކަމާއި އެޕާޓީގެ ޗެއާޕާސަންގެ މަގާމަށް ވެސް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.