Last Updated: April 25, 12:03
Thursday, April 25, 2024
ވިޔަފާރި

މޯލްޑިވިއަނުން ރޯދައަށް އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށްފި

ގައުމީ އެއާލައިން، މޯލްޑިވިއަނުން ރޯދަ މަހާ ދިމާކޮށް ޓިކެޓުތަކުގެ އަގުތަށް ހެޔޮކޮށްފިއެވެ.

ގައުމީ އެއާލައިނުން ރާއްޖޭގެ 10 މަންޒިލަކަށް ދަތުރުކުރާއިރު، އަގުތަކަށް ގެނައި ބަދަލުތަށް ތިރީގައި މިވަނީއެވެ.

ރޯދަމަހު މޯލްޑިވިއަންގެ ޓިކެޓްގެ އަގުތައް (ދެކޮޅަށް)

ދަރަވަންދޫ: 999 ރުފިޔާ

ކުޑަހުވަދޫ: 1388 ރުފިޔާ

އިފުރު: 1388 ރުފިޔާ

ހަނިމާދޫ: 1477 ރުފިޔާ

ތިމަރަފުށި: 1477 ރުފިޔާ

ކައްދޫ: 1515 ރުފިޔާ

ކޫއްޑޫ: 1515 ރުފިޔާ

ގަން: 1544 ރުފިޔާ

ފުވައްމުލަކު: 1544 ރުފިޔާ

ރޯދަ އަށް މޯލްޑިވިއަނުން ހާއްސަ އަގުތަކެއް ކަނޑައަޅާފައިވާއިރު، މިއަހަރުގެ ޖެނުއަރީ މަހުގެ ދެވަނަ ދުވަހު އެ އެއާލައިނުން ވަނީ އެތެރޭގެ އުދުހުންތަކުގެ އަގުތަކަށް ބޮޑު ބަދަލެއް ގެނެސްފައެވެ. އެ ބަދަލާއެކު އެތެރޭގެ އުދުހުންތަކުން ވިއްކާ ޓިކެޓްގެ އަގު ކޮޅަކުން ގާތްގަނޑަކަށް 100ރ. ވަނީ ހެޔޮވެފައެވެ.

އެތެރޭގެ އުދުހުންތަކުގެ އަގު ކުޑަކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ، 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.