Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ސީރިއާ ރެފިއުޖީ ކޭމްޕްގައި ތިބި ދިވެހިން ހާލުގައި ޖެއްސި މީހުން ކޮބާ؟: ނާދިރާ

ސީރިއާ ރެފިއުޖީ ކޭމްޕްގައި ހާލުގައި ޖެހިފައި ތިބިކަމަށް ބުނާ 46 ދިވެހިން އެ ހާލުގައި ޖެއްސި މީހުން ކޮބައިތޯ މައުމޫން ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ގައި އިސްކޮށް އުޅުއްވާ އާމިނަތު ނާދިރާ ސުވާލު ކުރައްވައިފިއެވެ.

ނާދިރާ މި ސުވާލު ކުރައްވާފައިވަނީ ދިވެހި އޮންލައިން ނޫހެއް ކަމަށްވާ ސީއެންއެމްގައި މިކަމާއިގުޅޭ ގޮތުން ޝާއިޢުކޮށްފައިވާ ޚަބަރެއް ހިއްސާ ކުރައްވާ އެއަށް އިޝާރާތް ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

" މިމީހުން ހާލުގައި ޖެއްސި މީހުން ކޮބާ؟ ހަނގުރާމައިގެ މައިދާނުގައި އުޅެފައިތިބި ބަޔަކު ރިހެބިލިޓޭޓް ކުރެވޭނެ ގޮތެއް އަދި ދިވެހިރާއްޖެއަކު ނެތް. އެމީހުންނަށް އެކަށީގެންވާ ސައިކޮލޮޖިކަލް ސަޕޯޓް ދެވޭނެ ގޮތެއް ނެތް. މިއީ އާއިލާތަކާއި ވާހަކަ ދައްކާ ސަރުކާރުން ހައްލު ހޯދައިދިނުން ރަނގަޅު ކަމެއް." ނާދިރާ ވިދާޅުވިއެވެ.

ސީރިއާގެ ރެފިއުޖީ ކޭމްޕެއްކަމަށްވާ "އަލް ހަވްލު" ކޭމްޕުގައި ހާލުގައި ޖެހިފައި 46 ދިވެހިން އެބަތިކަމުގެ މައުލޫމާތު އިތުބާރު ހުރި މަސްދަރަކުން އެނގިފައިވާ ކަމަށް "ސީއެންއެމް" އިން ވަނީ ރިޕޯޓް ކޮށްފައެވެ.

ފަހަކަށް އައިސް ހަނގުރާމަތަކަށް ދާ ދިވެހިންގެ އަދަދު ވަނީ ގިނަވެފައެވެ. ދޭތެރެ ދޭތެރެއިން އެކި މީހުން ހަނގުރާމައިގާ މަރުވާ ކަމުގެ ޚަބަރުތައް ވެސް އާއިލާތަކަށް ލިބިގެންދެއެވެ. މިފަދައިން ދަތުރުކުރާ ފަރާތްތައް ހޯދާ މިކަންތަކަކީ ހުއްޓުވަން ޖެހޭނެ ކަމެއް ކަމަށް އެންމެންވެސް ގަބޫލު ކުރެއެވެ.