Last Updated: July 26, 10:14
Sunday, July 26, 2026
ޚަބަރު

ހެޕީމާކެޓުން ހިންމަފުށީގައި ފިހާރައެއް ހުޅުވައިފި

ހެޕީމާކެޓުން ހިންމަފުށީގައި ފިހާރައެއް ހުޅުވައިފިއެވެ.

ކ ހިންމަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި ފިހާރަ ހުޅުވައިދެއްވީ އެ ރަށު ކައުންސިލްގެ ޒިންމާދާރުވެރިޔާ ހުސެއިން އަބްދުރަހުމާނެވެ. މި ރަސްމިއްޔާތުގައި ހެޕީމާކެޓުގެ ޖެނެރަލް މެނޭޖަރު، ކެޕްޓަން އަލީ އިހުސާން ބައިވެރިވެ ވަޑައިގެންނެވި އެވެ.

މަޝްހޫރު ގިނަ ބްރޭންޑުގެ ކާބޯތަކެތި ރާއްޖެ އެތެރެކުރާ ހެޕީމާކެޓުން ބުނީ ހިންމަފުށީގައި އަންގާރަ ދުވަހު ހުޅުވި ފިހާރައަކީ އެރަށުގެ ރައްޔިތުންގެ ފަރާތުން އެކުންފުންޏަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ރައްޔިތުންނަށް ފަސޭހައިން ތާޒާ މުދާ ރަށުގައި ތިބެގެން ލިބޭނެގޮތް ހަމަޖެއްސުމަށް ހުޅުވި ފިހާރައެއް ކަމަށެވެ.

ހިންމަފުއްޓަކީ އެކުންފުނިން އުފައްދާ "ލައިފް" ފެން ބަންދު ކުރާ ކާރުހާނާ ހިންގާ ރަށެވެ.

ހިންމަފުށީގައި ހުޅުވި "ހެޕީ މާކެޓު 7" ފިހާރައިން އެ ކުންފުނިން ރާއްޖެ އެތެރެކޮށް ވިއްކާ ހުރިހާ މުދަލެއް މާލެއެކޭ އެއް އަގެއްގައި ލިބޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ.

ހެޕީމާކެޓުން ރާއްޖެ އެތެރެކުރާ ކާބީތަކެއްޗަކީ ދިވެހިންގެ މެދުގައި ވަރަށް މަގްބޫލް ތަކެއްޗެވެ.