Last Updated: April 23, 18:00
Tuesday, April 23, 2024
ޚަބަރު

އުނގޫފާރުގައި ސެލްފް ސާވިސް ބޭންކިން ސެންޓަރެއް ބީއެމްއެލްއިން ހުޅުވައިފި

ރ. އުނގޫފާރުގައި ބޭންކް އޮފް މޯލްޑިވްސްގެ ސެލްފް ސާވިސް ބޭންކިން ސެންޓަރެއް ހުޅުވައިފިއެވެ.

ސެލްފް ސާވިސް ބޭންކިންގެ ތެރެއިން އުނގޫފާރާއި ކައިރި ރަށްރަށަށް މިހާރު ދިވެހި ފައިސާ ނެގުމުގެ އިތުރުން ޖަމާ ކުރުމާއި ޗެކް ޖަމާ ކުރުމުގެ ޚިދުމަތް ވެސް ލިބިގެންދާނެއެވެ.

މީގެ އިތުރުން ސެލްފް ސާވިސް ބޭންކިން ސެންޓަރުތަކުން ލިބޭ އެކައުންޓް ބެލެންސް ބެލުމާއި ބޭންކް ސްޓޭޓްމެންޓް ނެގުންވެސް ހިމެނެއެވެ.

ބީއެމްއެލްގެ ޚިދުމަތް މުޅި ރާއްޖޭގައި ފުޅާ ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން މީހުން ދިރިއުޅޭ ގިނަ ރަށްރަށުގައި ސެލްފް ސާވިސް ބޭންކިން ސެންޓަރު ގާއިމް ކުރަން، ރާއްޖޭގެ އެންމެ ބޮޑު ބޭންކުން ވަނީ ފަށާފައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް، 40 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 100 އޭޓީއެމް، 5300 ޕީއޯއެސް މަރޗަންޓުން، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބީއެމްއެލް އިން ވަނީ ތައާރަފްކޮށްފައެވެ. ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.