Last Updated: April 20, 16:27
Saturday, April 20, 2024
ޚަބަރު

މަޖިލިސް ރައީސްކަމަށް ގާސިމްގެ ނަން ހުށަހަޅާނަން: އަލްހާން

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ނަން ހުށަހަޅުއްވާނެ ކަމަށް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާން މިހެން ވިދާޅުވެފައިވަނީ އޭނާގެ ރަސްމީ ޓްވީޓާ މެދުވެރިކޮށް ކުރެއްވި ޓްވީޓެއްގައެވެ.

"މަޖިލިސް ރައީސްކަމަށް ގާސިމް އިބްރާހީމްގެ ނަންފުޅު ހުށަހަޅާނަން! އިދިކޮޅު ފަރާތްތަކަށް އެ ފުރުސަތު ދިނުމަކީ އަދި މާ ނަޒާހަތްތެރިވާނެ ގޮތެއް ކަމަށް ދެކެން." އަލްހާން ވިދާޅުވިއެވެ.'

މިފަހަރުގެ މަޖިލިސް އިންތިޚާބުގައި އަލްހާން ވަނީ ހެންވޭރު އުތުރު ދާއިރާ އަށް ކުރިމަތިލައްވާ ނާކާމިޔާބު ވެފައެވެ. މަޖިލީހުގެ ރައީސަކަށް އެންމެ އެކަށީގެންވަނީ މި ފަހަރުގެ އިންތިޚާބުގައި އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ދިފާޢު ކުރެެއްވި މުހައްމަދު އަސްލަމް ކަމަށް ގިނަ ފަރާތްތަކަކުން ބުނަމުން ދެއެވެ. އެެހެން ނަމަވެސް މަދު މަދުން އެހެން ފަރާތްތަކުން ވެސް އެ މަގާމަށް ޝައުގުވެރިވާ ކަމަށް ވިދާޅުވަމުންދެއެވެ.