Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ރައީސް އިންޑިޔާއަށް ފުރާވަޑައިގެންފި

ރައީސް ސޯލިހް ފްލައިޓުން އެރިވަޑައިގަންނަވަނީ: ފޮޓޯ -ރައީސް އޮފީސް

އިންޑިޔާގެ ކުރިކެޓު ބޯޑުގެ ޚާއްސަ ދައުވަތަކަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އިންޑިޔާއަށް ފުރާވަޑައިގެންފިއެވެ.

ރައީސް އިންޑިޔާއަށް ކުރެއްވި މި ދަތުރުފުޅަކީ ބޯޑުގެ ދައުވަތަކަށް، އައިޕީއެލްގައި ރޯޔަލް ޗެލެންޖާސް ބެންގަލޯ އާއި ޗެންނާއީ ސުޕަ ކިންގްސް ބައްދަލުކުރާ މެޗު ބައްލަވާލެއްވުމަށް ރައީސް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ކްރިކެޓު ބޯޑުގެ ސީއީއޯ ބައްދަލުކުރައްވައި، ހުޅުމާލޭގައި އަޅާ ކްރިކެޓު ދަނޑާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވެއެވެ. އަދި އިންޑިޔާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ވެސް ރައީސް ބައްދަލުކުރައްވާނެއެވެ.

ރައީސްގެ މިދަތުރުފުޅުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފްވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.