Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

ލަންކާގައި ވަގުތީ ގޮތުން ސޯޝަލް މީޑިއާ ބޭނުން ނުކުރެވޭގޮތް ހަދައިފި

ލަންކާގެ އެެކި ސަރަހައްދަށް މިއަދު ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން އެގައުމުގައި ސޯޝަލް މީޑިއާ ބޭނުން ނުކުރެވޭ ގޮތަށް ހަދައިފިއެވެ.

ލަންކާ ސަރުކާރުން ވަނީ ވަގުތީ ގޮތުން ވައިބާ، ވަޓްސްއަޕް އަދި ފޭސްބުކް ބޭނުން ނުކުރެވޭ ގޮތަށް ބްލޮކް ކޮށްފައެވެ.

މިއަދު ހެނދުނުން ފެށިގެން ލަންކާގެ 7 ސަރަހައްދެއްގައިވަނީ ބޮން ގޮއްވައި 100 އަށް ވުރެ ގިނަ މީހުން މަރާލާފައެވެ. މިހާދިސާގައި ގިނަ ބަޔަކު ޒަމަހްވެ ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ.

މި ހަމަލާތަކުގެ އެއްވެސް ތަފްސީލެއް ސަރުކާރުން އަދި މިހާތަނަށް ހާމަކޮށްފައި ނުވެއެވެ. ނަމަވެސް ލަންކާގައި މިހާރު ވަނީ ކާފިއު އިއްލާންކޮށްފައެވެ.

ލަންކާގައި ބޮންތަކެއް ގޮއްވާލާފައިވަނޯީ ކްރިސްޓިއަނުން އީސްޓަ ސަންޑޭ ފާހަގަކުރަމުން ދަނިކޮށެވެ. އެގޮތުން ކޮލަމްބޯގެ ދެ ފައްޅިއެއްގަ އާއި ކޮލަމްބޯގެ ތިން ހޮޓަލެއްގައިވަނީ ގޮއްވާލާފައެވެ. އަދި އޭގެ ފަހުން ދެހިވަލަ ސަރަހައްދުގެ ހޮޓަލެއްގައިވެސް ވަނީ އެއްޗެއް ގޮއްވާލާފައެވެ.