Last Updated: April 26, 22:09
Friday, April 26, 2024
ޚަބަރު

މަޖިލީހުގެ ފަހު ޖަލްސާ ހޯމަ ދުވަހު ބާއްވާނެ

ހިނގަމުން މިދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާ އަންނަ ހަފްތާގެ ހޯމަ ދުވަހު ބާއްވާނެ ކަމަށް މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިއަދުގެ ޖަލްސާގައި ވިދާޅުވީ ފަހު ޖަލްސާ ހޯމަ ދުވަހަށް ތާވަލް ކުރެއްވީ ޕާޓީތަކުގެ ޕީޖީ ލީޑަރުންނާ ކުރެވުނު މަޝްވަރާ ތަކަށް ފަހު ކަމަށެވެ.

މަޖިލިސް ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް ގިނަ މަސައްކަތްތަކެއް އެއް ފަހަރާ އެޖެންޑާ ކުރިއެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ މަސައްކަތްތައް ވަނީ ފުނިޖެހި ނިންމާނުލެވިފައެވެ.

ހިނގަމުން މިދާ 18 ވަނަ މަޖިލީހަކީ ހަމަނުޖެހުންތަކާ އަދި އެހެނިހެން ސަބަބުތަކާ ގުޅިގެން ވަރަށް ގިނަ ދުވަހު މަސައްކަތެއް ނުކުރެވި ދުވަސްތައް ބޭކާރުވެގެން ދިޔަ މަޖިލީހެކެވެ. އަދި ބައެއް މެމްބަރުންގެ ގޮނޑި ގެއްލި މަޖިލީހަށް ނުވައްދާ ގިނަ ދުވަސްތަކެއް ވެސް ހޭދަކުރަން ޖެހުނުއިރު އެ މެމްބަރުންގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައި، ފަހުން ވަނީ ގޮނޑި ނުގެއްލޭ ކަމަށް ނިންމާފައެވެ.

މީގެ އިތުރުން މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ޖަލަށް ލައި ހުކުމް ވެސް ކުރިއިރު މަޖިލީހުގެ ގަވާއިދުތަކާ ޚިލާފަށް ވެސް މަޖިލިސް ޖަލްސާތައް ވަނީ 18 ވަނަ މަޖިލީހުގައި ކުރިއަށް ގެންގޮސްފައެވެ.

އާ މަޖިލީހުގެ ހުވާކުރުން މިމަހުގެ ފަހުކޮޅުގައި ބާއްވަން ހަމަޖެހިފައިވާއިރު މަޖިލިސް އިންތިޚާބުގެ ގިނަ ގޮނޑިތަކެއް ކާމިޔާބުކޮށް ބޮޑު މެޖޯރިޓީ ނެގީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީންނެވެ. އެމްޑީޕީން އެކަނި ވެސް ވަނީ 65 ގޮނޑި ކާމިޔާބުކޮށްފައެވެ.