Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ރައީސް ނަޝީދު އެއީ 21 ވަނަ ގަރުނުގެ "މުހައްމަދު ތަކުރުފާނު": މުސްތަފާ

ރައީސް ނަޝީދު އެއީ 21 ވަނަ ގަރުނުގެ "މުހައްމަދު ތަކުރުފާނު" ކަމަށާއި ބަޔަކު ރުހުނަސް އަދި ނުރުހުނަސް އެއީ ހަގީގަތް ކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މުސްތަފާ މިހެން ވިދާޅުވެފައިވަނީ އެ ބޭފުޅާ ކުރެއްވި ޓްވީޓެއްގައެވެ.

"ރައީސް ނަޝީދު އެއީ 21 ވަނަ ގަރުނުގެ "މުހައްމަދު ތަކުރުފާނު". ރުހުނަސް ނުރުހުނަސް ހަގީގަތުގެ ކުރިމަތީގަ އިންކާރެއް ނުކުރެވޭނެ." މުސްތަފާ ވިދާޅުވިއެވެ.

މެމްބަރުންނަަށް ގިނަ ޚިދުމަތްތަކެއް ހޯދުމަށް މަޖިލީހަށް ބިލެއް ހުށަހެޅި ވާހަކަ ވެގެން ދިޔައީ ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވެގެން ދިޔަ ވާހަކައަކަށެވެ. މިކަމަށް އިޝާރާތް ކުރައްވާ ވެސް މުސްތަފާ ވަނީ ޓްވީޓް ކުރައްވާފައެވެ.

އެގޮތުން އެކަމާއި ގުޅިގެން ކުރެއްވި ފުރަތަމަ ޓްވީޓްގައި ވަނީ ވީއައިޕީ ޚިދުމަތް ހޯއްދެވުމަކީ އިނާޔަތް ހޯއްދެވުން ނޫން ކަމަށް ވިދާޅުވެފައެވެ.

"ވީއައިޕީ ޚިދުމަތް ދިނުމަކީ އިނާޔަތްތަކެއް ހޯދުމެއް ނޫން. އެކަމަކު ލިބިގެންދާ ފަސޭހައެއް! ރައްޔިތުން ގަބޫލު ކަމެއް ނޫނިއްޔާ އެ ވެސް އަނބުރާ ނަގާނަން." މުސްތަފާ ވިދާޅުވިއެވެ.