Last Updated: April 27, 09:46
Saturday, April 27, 2024
ޚަބަރު

އެޗްއާރު ސަމިޓް ފެށެން 5 ދުވަސް

އެޗްއާރު މޯލްޑިވްސްގެ ފަރާތުން ކޮންމެ އަހަރަކު ބާއްވަމުން ގެންދާ އެޗްއާރު ސަމިޓް ފެށެން 5 ދުވަހަށް ވެއްޖެއެވެ. މި ސަމިޓު ބާއްވަން ހަމަޖެހިފައިވަނީ މި ހިނގާ އޭޕްރީލްމަހުގެ 27 ވަނަ ދުވަހު އީކުއޭޓަރ ވިލެޖްގައެވެ.

އެޗްއާރު ސަމިޓް އެންޑް އެކްސްޕޯ ކުރިއަށްދާނީ ތިން ބަޔަކަށް ކަމަށް އެޗްއާރު މޯލްޑިވްސްގެ ސީއީއޯ އާދަމް އިބްރާހިމްވަނީ މައުލޫމާތު ދެއްވާފައެވެ. އެގޮތުން އެޕްރީލް މަހުގެ 26 ވަނަ ދުވަހު ސްކޫލްތަކުގެ ގްރޭޑް 10 އަކުން މަތީގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކެރިއާ ގައިޑެންސް ސެޝަނެއް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި އެދުވަހު ރޭގަނޑު އެޗްއާރުގެ ދާއިރާއިން އެންމެ ފާހަގަކޮށްލެވޭ 50 ފަރާތަށް ދެވޭ އެވޯޑް ދިނުމުގެ ހަފްލާއެއް އޮންނާނެއެވެ. އެއަށްފަހު އެޕްރީލް 27 ވަނަ ދުވަހުގެ ހެނދުނު 9 އަކުން ފެށިގެން އެޗްއާރު ސަމިޓް އޮންނާނެއެވެ.

މިސަމިޓުގައި ބޭރުގެ ފަރާތްތަކާއި ރާއްޖޭގެ އެކި ދާއިރާތަކުގައި މަސައްކަތްކުރައްވާ އެޗްއާރު ދާއިރާގެ ފަރާތްތައް ހިމެނިގެން ދާއިރާއާއި ގުޅޭ ޕްރެޒެންޓޭޝަން އަދި ޑިސްކަޝަންސްތަކާއި ދާއިރާގެ މީހުންގެ ހިޔާލު ބަދަލުކުރުން ކުރިއަށް ދާނެއެވެ.

އެޗްއާރު ސަމިޓް އެންޑް އެކްސްޕޯގެ މިއަހަރުގެ ތީމަކީ 'އެޗްއާރު އޮޓޮމޭޝަން – ދަ ފިއުޗަރ އޮފް ޕީޕަލް މެނޭޖްމަންޓް' އެވެ.

އެޗްއާރު ސަމިޓުގެ މި ފަހަރު މީޑިއާ ޕާޓްނަރަކީ "އައްޑޫލައިވް"އެވެ.