Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ލިންކު ރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

އެކްސިޑެންޓުވި ސައިކަލު: ފޮޓޯ - ކިޔުންތެރިޔެއް

އައްޑޫ ސިޓީ ލިންކު ރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓު ހިނގާފައިވަނީ ކުނިކޮށި ސަރަހައްދުން ސައިކަލަކާއި ވޭނެއް ޖެހިގެންނެވެ. އެކްސިޑެންޓުގައި ބޮޑަށް އަނިޔާވެފައިވަނީ ސައިކަލް ދުއްވަން އިން ޒުވާނާއަށެވެ.

މަންޒަރު ދުށް ފަރާތަކުން "އައްޑޫލައިވް" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެކްސިޑެންޓު ހިނގާފައިވަނީ ކުނިކޮށި ސަރަހައްދުގައި ގާއިމްވެފައިވާ ވެމްކޯ އޮފީހަށް، އެތަނުގެ މުވައްޒަފަކު ސައިކަލުން ވަންނަން އުޅެނިކޮށް ވޭނެއްގައި ޖެހިގެން ކަމަށެވެ. އެކްސިޑެންޓުވި ވޭނަކީ ފޭދޫގައި ހިންގަމުން އަންނަ މެޑިސިޓީގެ ވޭނެކެވެ.

އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ މިހާރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެނެވިފައިވާއިރު އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.