Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ލަންކާ މީހެއްގެ އަތުން ފަށެއް ފޭރިގެންފި

ފުލުހުންގެ މައި އިދާރާ. އައްޑޫލައިވް ފޮޓޯ: އަލީ ހުޒާމް

ރޭ ފަތިހު މާލޭ މަގުމަތިން ހިނގާފައިދިޔަ ލަންކާ އަންހެނެއްގެ ކަރުގައި އޮތް ރަން ފަށެއް ފޭރިގެންފިއެވެ.

އަންހެން މީހާގެ ކަރުގައި އޮތް ފަށް ފޭރުނު މީހާ ދުއްވައިގަތުމުން އެ ސަރަހައްދުގައި ހުރި ފުލުހަކު ވަނީ އާންމުންގެ އެހީތެރިކަމާއެކު އޭނާ ހިފަހައްޓައި ފޭރުނު ފަށް އަތުލާފައެވެ. ފުލުހުންނާ ހަވާލާދީ ބައެއް މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން އޭނާއަކީ 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފޭރުނު ފަށް މިހާރު ވެރިފަރާތާ ހަވާލުކޮށްފައިވާއިރު ފޭރުނު މީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ. ފަހަކަށް އައިސް މާލޭގައި ފޭރުން އިތުރުވެފައިވާއިރު ފުލުހުންގެ ނެއިބަހުޑް ވޮޗް ގާއިމްކޮށްގެންވެސް އެފަދަ ކުށްތައް މަދުކުރެވޭތަނެއް ނުފެނެއެވެ.