Last Updated: April 20, 08:46
Saturday, April 20, 2024
ޚަބަރު

އޭދަފުށީ ޕޯސްޓް އޮފިސް ފަޅާލައި 1،500 ރުފިޔާ ވަގަށް ނަގައިފި

ބ. އޭދަފުށީ ޕޯސްޓް އޮފީސް ފަޅާލައި އެތަނުން 1،500 ރުފިޔާ ވަގަށް ނަގައިފި އެވެ

ފުލުހުން ބުނީ ރޭ 8:30 އެހާކަން ހާއިރު އޭދަފުށީގައި ހުންނަ ޕޯސްޓް އޮފީސް ފަޅާލައި އެތަނުގެ ތެރެއަށް ވަގުން ވަދެފައި ވަނީ އެ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލައިގެން ކަމަަށެވެ.

ފުލުހުން ބުނީ އެތަނުގެ ތެރެއަށް ވަދެ ވަގުން ގެންގޮސްފައި ވަނީ 1،500 ރުފިޔާ އެކަނި ކަމަށާއި އަދި އެހެން އެއްވެސް އެއްޗެއް ގެންގޮސްފައި ނުވާކަމަށެވެ.

މި މައްސަލަ ތަހުޤީޤު ކުރަމުން އަންނައިރު، މިހާތަނަށް އަދި އެއްވެސް މީހަކު މި މައްސަލައިގައި ހައްޔަރުކޮށްފައެއް ނުވެއެވެ.