Last Updated: June 10, 06:03
Wednesday, June 10, 2026
ޚަބަރު

އެއާޕޯޓަށް ވެހިކަލްތައް ދޫކުރާނެ ފަރާތެއް ހޯދަނީ

ގަން އެއާޕޯޓްގައި ޓޫރިސްޓުންތަކެއް ވެހިކަލަކަށް އަރަން ދަނީ: ކުއްޔަށް ވެހިކަލް ދޫކުރާނެ ފަރާތެއް ބޭނުންވޭ. ފޮޓޯ/ އައްޑޫ ލައިވް

ސ. ގަން އެއާޕޯޓް ހިންގާ އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް (އޭއައިއޭ) އަށް ކުއްޔަށް ވެހިކަލްތައް ދޫކުރާނެ ފަރާތެއް ހޯދުމަށް ހުޅުވާލައިފި އެވެ.

އޭއައިއޭ އިން ނެރެފައިވާ އިއުލާނެެއްގައި ބުނެފައި ވަނީ އެ ކުންފުންޏަށް ކާރާއި ސައިކަލާއި އަދި ބައިސްކަލް ކުއްޔަށް ދޫކުރަން ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެެވެ.
އަދި މިކަމާ ގުޅޭ ގޮތުން ބާއްވާ ޕްރީ ބިޑް މީޓިން މިއަދު 3:00 ޖަހާ އިރު މާލޭގައި ހުންނަ އެސްޓީއޯގެ ހެޑް އޮފީހަގައި އޮންނާނެ ކަމަށް އޭއައިއޭ އިން ބުންޏެވެ.

އެ ކުންފުނިން ބުނީ ކުއްޔަށް ވެހިކަލްތައް ދޫކުރަން ހަވާލު ކުރެވޭ ފަރާތަކަށް އެއާޕޯޓްގެ އެރައިވަލް ޓާމިނަލް ސަރަހައްދުގައި ގާއިމުކޮށްދީ އެތަނުގައި މުވައްޒަފުން ހަރަކާތްތެރި ވާނެ އިންތިޒާމު ވެސް ހަމަޖައްސައި ދޭނެ ކަމަށެވެ.
މީގެ އިތުުރުން ކަރަންޓާއި ފޯނާއި ވެހިކަލްތައް ޕާކް ކުރާނެ ސަަރަހައްދެއް ވެސް ހަމަޖައްސައި ދޭނެ ކަމަށް އޭއައިއޭ އިން ބުންޏެވެ.

އޭއައިއޭ ބުނީ މިކަން ބަޔަކާ ހަވާލު ކުރުމުގައި މިކަން ކުރެވޭ ފަދަ ގާބިލްކަމާއި ތަޖުރިބާ ހުރި ބަޔަކާ އެކަން ހަވާލު ކުރުމަށް ބޮޑު އިސްކަމެއް ދޭނެ ކަމަށެވެ.