Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

"މޫނު ބުރުގާގެ މައްސަލާގައި ހަމައެކަނި ބުނީ ލަންކާގެ މުސްލިމުންގެ ވާހަކަ"

މޫނު ބުރުގާ މައްސަލައިގާ އެ ބޭފުޅާ ވިދާޅުވެފައިވާނީ ހަމައެކަނި ސްރީލަންކާގައި ދިރިއުޅުއްވާ މުސްލިމް އުޚްތުން މިވަގުތު މޫނު ނިވާނުކުރުން ރަނގަޅު ކަމަށް ކަމުގައި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް މިހެން ވިދާޅުވެފައިވަނީ ބައެއް ފަރާތްތަކުން އެވާހަކަ އޮޅޭ ގޮތަށް ވާހަކަ ދައްކަވާ ސުރުޚީ އަޅުއްވަމުން ގެންދަވާތީ ކަމަށް ވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ.

"މޫނު ބުރުގާ މައްސަލައިގާ އަޅުގަނޑު ބުނެފައިވާނީ ހަމައެކަނި ސްރީލަންކާގައި ދިރިއުޅުއްވާ މުސްލިމް އުޚްތުން މިވަގުތު މޫނު ނިވާނުކުރުން ރަނގަަޅު ވާހަކައެވެ. ބައެއް ފަރާތްތަކުން މިވާހަކަ އޮޅޭގޮތަށް ވާހަކަ ދައްކަވަމުން ސުރުޚީތައް ހައްދަވަމުން ގެންދަވާތީ އެވާހަކަ ދެންނެވީމެވެ." ޑރ.އިޔާޒް ވިދާޅުވިއެވެ.

އޭޕްރިލް 21 ވަނަ ދުވަހު ލަންކާ ގައި ދިން ހަމަލާތަކަށްފަހު އެގައުމުގައި މޫނު ނިވާކޮށްގެން އުޅުން އިއްޔެ ވަނީ މަނާކޮށްފަ އެވެ. ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މި ފިޔަވަޅު އަޅާފައިވަނީ ގައުމީ ސަލާމަތަށްކަމަށް ރައީސް ސިރިސޭނާގެ އޮފީހުން ބުނެއެވެ.