Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ލަންކާގައި ހައްޔަރުކުރި ދިވެހިން ކޯޓަށް ގެންނަނީ

ސްރީ ލަންކާގައި މިދިޔަ ހަފްތާގެ އެކި ދުވަސް މަތިން ދިން ޓެރަރިސްޓު ހަމަލާތަކާ ގުޅިގެން އިއްޔެ ހައްޔަރުކުރި ތިން ދިވެހިން މިއަދު ކޯޓަށް ގެންނަން ތާވަލުކޮށްފިއެވެ.

އިއްޔެ ހައްޔަރުކުރި ތިން ދިވެހިންނަކީ ވެސް އައްޑުއަށް ނިސްބަތްވާ ތިން މީހުން ކަމަށް މައުލޫމާތު ލިބިފައިވާއިރު އެމީހުން ހައްޔަރުކޮށްފައިވަނީ ސައިކަލެއް ގަތުމަށް ގޮސް އުޅެނިކޮށެވެ.

މީގެ ކުރިންވެސް ހަ ދިވެހިން ހައްޔަރުކޮށްފައިވާއިރު އޭގެ ތެރެއިން ހަތަރު މީހުން މިހާރު ވަނީ ތުހުމަތުތައް ސާބިތުނުކުރެވި ދޫކޮށްލާފައެވެ. ނަމަވެސް ދެ ދިވެހިން އަދިވެސް ތިބީ ހައްޔަރުގައެވެ.

ހައްޔަރުކުރި ދިވެހިންނާ ގުޅޭގޮތުން ރާއްޖެ އެމްބަސީން އަދި އެދެވޭ މައުލޫމާތެއް ހާމައެއް ނުކުރެއެވެ.