ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ރާއްޖޭގައި ބާއްވާ ރިއާސީ އިންތިހާބުގައި ސިޓީ/ރަށް އަދި މާލޭގެ ވޯޓުލާ މަރުކަޒުގައި ޙަރަކާތްތެރި ވާނެ އޮފިޝަލުން ހޯދުމަށް އިލެކްޝަން ކޮމިޝަނުން އިޢުލާނުކޮށްފި އެވެ.
ކަމިޝަނުން ނެރުނު އިއްލާނެއްގައި ބުނެފައި ވަނީ އޮފިޝަލަކަށް ވުމަށް އެދިލައްވާ ފަރާތްތަކުން ފޯމު ހުށަހެޅުއްވުމުގެ މުއްދަތަކީ 2013 ޖޫން 30 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން އިލެކްޝަންސް ކޮމިޝަނުގެ އިދާރާއަށް ނުވަތަ ސިޓީ އަދި ރަށު ކައުންސިލްތަކުގެ އިދާރާ އަށެވެ.
ވޯޓުލާ މަރުކަޒުގައި ޙަރަކާތްތެރިވުމަށް އެދޭ ފޯމު އިލެކްޝަންސް ކޮމިޝަނުގެ އިދާރާއިން އަދި ސިޓީ/ރަށު ކައުންސިލްތަކުގެ އިދާރާތަކުން ލިބެން ހުންނާނެ އެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެ އެވެ.