Last Updated: June 7, 06:04
Sunday, June 7, 2026
ދުނިޔެ

މެލެޝިޔާގެ އުއްތަމަ ފަނޑިޔާރަކަށް އަންހެނެއް

މެލޭޝިޔާގެ އެންމެ މަތީ ފަނޑިޔާރަކަށް އެގައުމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އަންހެނަކު އައްޔަންކޮށްފިއެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވި ފަނޑިޔާރު ރިޗަޑް މަލަންޖުމް ރިޓަޔާ ކުރުމުން އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ފަނޑިޔާރު ތަންކޫ މައިމޫނެވެ.

ތަންކޫ ވަނީ މިހާތަނަށް މެލޭޝިޔާގެ ހައިކޯޓު، އެޕީލް ކޯޓު އަދި ފެޑެރަލް ކޯޓުގައިވެސް ފަނޑިޔާރުކަން ކުރައްވާފައެވެ. ހުސްވި އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ތަންކޫ ފަނޑިޔާރުކަން ކުރެއްވީ ފެޑެރަލް ކޯޓުގައެވެ. އެއީ މެލޭޝިޔާގެ ޝަރުޢީ އެންމެ މަތީ ކޯޓެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމަށް އަންހެނަކު އައްޔަން ކުރުމުން ދުނިޔޭގެ ޖިންސީ ހަމަހަމަކަމަށް ވަކާލާތު ކުރާ ފަރާތްތަކުންނާއި އިންސާނީ ހައްގުތައް ދިފާއުކުރާ ޖަމާއަތްތަކުން ވަނީ މެލޭޝިޔާއަށް މަރުހަބާ ކިޔާފައެވެ.