Last Updated: July 1, 06:04
Wednesday, July 1, 2026
ޚަބަރު

ކެމްޕޭނަށް ރައީސް އައްޑު އަށް ވަޑައިގެންފި

ޑރ. ވަހީދު އާއި ތަސްމީނު އައްޑު އަށް ވަޑައިގެން

މި އަހަރު ސެޕްޓެމްބަރު މަހު ބާއްވާ ރިއާސީ އިންތިހާބުގެ ކެމްޕޭނަށް މިހާރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އާއި ރަނިންމޭޓް އަހުމަދު ތަސްމީނު އަލީ މީގެ އައްޑު އަށް ވަޑައިގެންފި އެވެ.

ޑރ. ވަޙިދު އާއި ތަސްމީނު އަދި "ގައުމާއިގެން ކުރިއަށް" ކެމްޕެއިން ޓީމަށް މަރުހަބާ ދެންނެވުން ކުރިއަށް ގެންގޮސްފައިވަނީ ގަމުގެ ވައިގެ ބަނދަރުގެ ވިއައިޕީ ޓާމިނަލް ސަރަަހައްދުގައިއެވެ. އަދި އެ ސަރަހައްދަށް ވަޙީދަށް ތާއިދު ކުރާ ފަރާތަކުން އެއްވެ ވަނީ މަރުހަބާ ދަންނަވާފަ އެވެ.

ޑރ. ވަހީދާއި ރަނިންމޭޓް ތަސްމީނު އަލީ ވަނީ ފޭދޫ ބަނދަރު ސަރަހައްދުގައި ހަދާފައިވާ ކެމްޕެއިން އޮފީސް ހުޅުއްވައި ދެއްވާފަ އެވެ. އަދި އެ ތަނުގައި ބާއްވާފައި އޮތް މެހުމާނުން ސޮއި ކުރައްވާ ފޮތުގައި އެ ދެ ބޭފުޅުން ސޮއި ކުރެއްވި އެވެ.

"ގައުމާއިގެން ކުރިއަށް" ކެމްޕެއިން ޓީމުން ބުނީ މިރޭ ހިތަދޫ ޝަރަފުއްދީން ސްކޫލްގެ ހޯލުގައި ބޮޑު ޖަލްސާއެއް ބާއްވާނެ ކަމަށެވެ.

ރައީސް ޑރ. ވަހީދު މިހާރު ރާއްޖެ ތެރެއަށް ކުރައްވާ ދަތުރުފުޅުގައި ގދ. ތިނަދޫ އާއި ފުވައްމުލަކުން އެމަނިކުފާނަސް ހުރަސް އެޅި ނަމަވެސް އައްޑޫއިން އެފަދަ އެއްވެސް ކަމެއް އަދި ހިނގާފައި ނުވެއެވެ.

ނަމަވެސް އައްޑޫގައި ފުލުހުންގެ ސެކިއިރިޓީ ވަނީ ވަރުގަދަ ކޮށްފައެވެ. އެގޮތުން ގަމަށް އަރާ ކޯޒްވޭމަތީގައި ފުލހުން ވަނީ ބެރިކެޑް ބަހައްޓާފައެވެ.