Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

އެއިމްސް އާއި ވިމެން ސެންޓަރ ބައި ޔޫލިއާ އިން އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފި

އެއިމްސް ހެލްތުކެއަރ ޕްރައިވެޓް ލިމިޓެޑާއި ވިމެން ސެންޓަރ ބައި ޔޫލިއާ ގުޅިގެން އައްޑޫ ސިޓީގެ ނަފްސާނީ ދުޅަހެޔޮކަމަށް މަސައްކަތްކުރުމަށް އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފިއެވެ.

އެއިމްސް ހެލްތުކެއަރ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި އެމް.އޯ.ޔޫގައި ސޮއިކުރީ އެއިމްސްގެ އެސިސްޓެން މެނޭޖަރ  އާޝިޔާ ލަތީފާއި، ޔޫލިޔާ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރ ހައްވާ ލީޝާއެވެ.

އިއްޔެ ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން ވިމެން ސެންޓަރުގެ ފަރާތުން ވަކިވަކި ފަރުދުންނަށް ކައުންސިލިން ސެޝަންތަކާއި، ސަޕޯރޓް ގްރޫޕްތަކުގެ އިތުރުން ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

އަދި މީގެ އިތުރުން މުޖުތަމަށް ބޭނުންވާ މިންވަރަކުން މިދާއިރާއިން ވޯކްޝޮޕްތައްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.