Last Updated: April 23, 18:00
Tuesday, April 23, 2024
ސިއްހަތު

ރޯދަ ރަހަ: ލެމަން ޕުޑިން

* ބޭނުންވާ ތަކެތި:

ތިންބައިކުޅަ ދެބައި ޖޯޑު ހަކުރު
ތިންބައިކުޅަ އެއްބައިޖޯޑު ފެން
5 ސައިސަމުސާ ޒުވާރި ފުށް
ހަތަރު ބައިކުޅަ އެއްބައި ޖޯޑު ލުނބޯ ޖޫސް
ހަތަރު ބައިކުޅަ އެއްބައި ސަމުސާ ލުނބޯ ހުތް
ހަތަރު ބައިކުޅަ އެއްބައި ސަމުސާ ލޮނު
ތިން ބިހުގެ ގޮބޮޅި

* ތައްޔާރު ކުރާނެ ގޮތް:

ފެނާއި ހަކުރު މަޑު ގިނީގައި ކެކެން ފަށަންދެން ކައްކާށެވެ. ޒުވާރިފުށް އަދި ލުނބޯ ހުތް ހޫނު ކުރި ފެން އަދި އެއްކޮށްލާށެވެ. ބިހުގެ ގޮބޮޅީގެ ތެރެއަށް ހަތަރު ބައިކުޅައެއްބައި ހޫނުކުރި ތެރެއިން އަޅާ ރަނގަޅަށް އެއްކޮށްލާށެވެ.
ދެން ރަނގަޅަށް އެކުވުމުން ބާކީ ހުރި ހޫނު ކުރި މިކްސްގެ ބާކީ ބައި ރަނގަޅަށް އެއްކޮށްލާށެވެ. އަދި ކުޑަ ޓްރޭއަކަށް އާލާފައި ފްރިޖަށް ލާފައި ފިނިކޮށްލާނީ އެވެ.