Last Updated: June 6, 22:41
Sunday, June 7, 2026
ދުނިޔެ

މިޔަންމާގައި ހައްޔަރުކުރި ރޮއެޓާސް ނޫސްވެރިން ދޫކޮށްލައިފި

ނޫސްވެރިން މިނިވަންވެ އާއިލާއާއެކު: ފޮޓޯ - ސީއެންއެން

ދެހާސް ސަތާރަވަނަ އަހަރު މިޔަންމާގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގުނު ގަތުލު އާންމު ރިޕޯޓުކުރުމަށް މަސައްކަތް ކުރި ރޮއެޓާސްގެ ދެ ނޫސްވެރިން މިނިވަންކޮށްފިއެވެ.

ރޮއެޓާސްގެ ވަ ލޯން، 32 އަދި ކިޔޫ ސޮއެ އޫ، 27، ހައްޔަރުކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. މިޔަންމާ ސިފައިން ރޮހިންޖާ މުސްލިމުންގެ ތެރެއިން ކުޑަކުދިންތަކެއް މަރާލި މައްސަލާގައި ނޫސްވެރިން ރޮހިންޖާ ސަރަހައްދަށް ވަނީ ސިފައިންގެ ހުއްދަ ހޯދައިގެންނެވެ.

ނަމަވެސް އެ ހާދިސާ ރިޕޯޓުކުރުމުން ފަހުން ދެ ނޫސްވެރިން ހައްޔަރުކުރީ މިޔަންމާގެ ސިއްރުތަކާ ބެހޭ ގާނޫނާއި ޚިލާފުވެފައިވާ ކަމަށް ބުނެއެވެ.

މިއަހަރު ދެ ނޫސްވެރިން ޖަލަށް ލުމަށް ހުކުމްކޮށްފައިވާއިރު ނޫސްވެރިން މިނިވަންވެފައިވަނީ މިޔަންމާގެ ރައީސް މައާފް ދެއްވުމުންނެވެ.