Last Updated: June 6, 22:41
Sunday, June 7, 2026
ޚަބަރު

ކައުންޓާ ޓެރަރިޒަމް ސެންޓަރުން އަދާރަންގެ ވެރިންނާއި މަޝްވަރާކޮށްފި

އެމްއެންޑީއެފްގެ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސަލާމަތާއި ގުޅޭގޮތުން އަދާރަން ރިސޯޓުގެ މެނޭޖްމަންޓާ މަޝްވަރާކޮށްފިއެވެ.

މި ބައްދަލުވުމުގައި އެންސީޓީސީގެ ޑިރެކްޓަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ބައްދަލުވުމުގެ ތަފްސީލެއް ދިފާއީ ބާރުން ދީފައިނުވި ނަމަވެސް މި ބައްދަލުވުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި ސަލާމަތީ ފިޔަވަޅުތައް އަޅަން ޖެހޭ މިންވަރަށް އަޅާފައި ހުރިތޯއާ އެފަދަ ކަންކަމާ ގުޅޭގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުމެއް ކަމަށް އެމްއެންޑީއެފްގެ ސްޕޯކްސްޕާސަން ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވެފައިވެއެވެ.

ދާދި ފަހުން ސްރީ ލަންކާގެ ދެ ހޮޓަލެއްގައި ބޮން ގޮއްވައި އެތައް ބަޔަކު މަރާލި ޓެރަރިސްޓު ހަމަލާއަށް ފަހު މިސަރަހައްދުގެ ގައުމުތަކުން ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން ރާއްޖެއިން ވެސް ވަނީ ބޯޑަރ ސެކިއުރިޓީ ވަރުގަދަކޮށްފައެވެ.