Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

ކޭބަލަކަށް މައްސަލަޖެހި ފުވައްމުލަކުގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިފައި!

ހައި ވޯލްޓޭޖް ކޭބަލަކަށް މައްސަލަ ޖެހި ފުވައްމުލަކު ދޫނިގަމު ސަރަހައްދުގެ ބޮޑު ބަޔަކުން މިރޭ ކަރަންޓު ކެނޑިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މައްސަލަ ޖެހުނު ކޭބަލް މަރާމާތު ކުރުމުގެ މަސައްކަތް ފުވައްމުލަކު ފެނަކަ މުވައްޒަފުން ކުރަމުން އަންނަ އިރު ކަރަންޓު ދެވޭނެ އިރެެއް ސާފެއް ނުވެއެވެ.

ފަހަކަށް އައިސް ފުވައްމުލަކުގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑޭ މައްސަލަ ވަނީ ބޮޑުވެފައެވެ. މިކަން ހައްލު ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރޭކަމަށް ބުނެ ބައެއް އާއްމުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

ތަފްސީލް އަންނަނީ….