Last Updated: July 26, 09:53
Sunday, July 26, 2026
ޚަބަރު

ވެލި މަގުތައް އެއްވަރު ކުރަން ފަށައިފި

ފޭދޫ މަގެއް މިއަދު އެއްވަރު ކުރަނީ: ވެލި މަގުތަކުގެ ހާލަތު ވަރަށް ދަށް. ފޮޓޯ/ އައްޑޫ ލައިވް

އައްޑޫގެ ރަށްރަށުގެ ވެލި މަގުތައް އެއްވަރު ކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުގެ ފަރާތުން ފަށައިފި އެވެ.

ރަށްރަށުގެ ގިނަ މަގުތަކުގައި ބޮޑެތި ވަޅުގަނޑުތައް ހެދި އަޑިގުނޑަންވާތީ ދޭތެރޭ ދޭތެރެ އިން މަގު އެއްވަރު ކުރުމުގެ މަސައްކަތް ކުރެ އެވެ. އަދި ވިއްސާރަ މޫސުމުގައި މަގުތަކުގައި ފެން ބޮޑުވެ ހިނގާ މީހުންނަށާއި ދުއްވާ ތަކެެއްޗަަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހެ އެވެ.

އައްޑޫގެ ރަށްރަށުގެ މަގުތަކުގެ ހާލަތު އާންމުކޮށް އޮންނަނީ ވަރަށް ދަށްކޮށެވެ. އެހެންވެ މަގު ލެވެލް ކުރުމުގެ މަސައްކަތް ދޭތެރޭ ދޭތެރެ އިން ކުރާ އިރު، މީގެ ކުރިން މަގުތަކަށް ވެލި އަޅައިގެން ވެސް އެއްވަރު އެވެ.

އެހެން ނަމަވެސް މިހާރަކަށް އައިސް މަގު ލެވެލް ކުރަނީ ހަމައެކަނި މަގުތައް ކަހާލުމަށް ފަހު، އަލުން އެއްވަރު ކުރުމެވެ.