Last Updated: March 29, 13:37
Friday, March 29, 2024
ޚަބަރު

ޑެންގީ އާއި ޗިކަންގުންޔާ އިތުރުވެ 506 ކޭސް ރިޕޯޓް ކޮށްފި

ފޮޓޯ: ސަން

ޑެންގީ އާއި ޗިކަންގުންޔާ ޖެހިގެން ރިޕޯޓްކުރާ މިންވަރު އިތުރުވެ އޭޕްރީލް މަހުގައި ޑެންގީގެ 506 ކޭސްއެއް ރިޕޯޓް ކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން ބުނެފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އާންމު ތަފާސް ހިސާބުތައް ދައްކާގޮތުން އެއީ މީގެކުރީގެ އަހަރުތަކާއި އަޅާބަލާއިރު، ދެ ގުނަ އިތުރު މިންވަރެކެވެ.

މި އަހަރު ޑެންގީ ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ޖަނަވަރީ މަހުގަ އެވެ. އެ މަހުގައި 518 ކޭސްއެއް ރިޕޯޓް ކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

އެޗްޕީއޭއިން ބުނީ، މި އަހަރުގެ މިހާތަނަށް ޑެންގީގެ 1930 ކޭސްއެއް ރިޕޯޓް ކޮށްފައިވާ ކަމަށާއި އެއީ މީގެކުރީގެ އަހަރަތަކާއި އަޅާބަލާއިރު އިތުރު އަދަދެއް ކަމަށެވެ.

ޑެންގީ ޖެހިގެން ރިޕޯޓް ކުރާ ކޭސްތައް އަދިވެސް ގިނަވަމުން އަންނަ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ. އެގޮތުން މިހާތަނަށް
ޑެންގީ ޖެހިގެން 368 ކޭސް އަދި ޗިކުންގުންޔާ ޖެހިގެން 75 ކޭސްއެއް ރިޕޯޓްކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ޗިކުންގުންޔާ ޖެހިގެން މި އަހަރު މިހާތަނަށް ރިޕޯޓްކޮށްފައި ވަނީ 839 ކޭސްއެެކެވެ. އަދި ނިމުނު އޭޕްރީލް މަހުގަ އެކަނި ވެސް ޗިކަންގުންޔާ ޖެހިގެން 307 ކޭސް ރިޕޯޓްކޮށްފައިވާ އިރު ޗިކުންގުންޔާ ޖެހިގެން އެންމެ ގިނަ މީހުން ރިޕޯޓް ކޮށްފައި ވަނީ މާލެ އިން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ޗިކުންގުންޔާއަކީ ވެސް ޑެންގީ ހުން ފަތުރާ މަދިރިކަމުގައިވާ އީޑީސް މަދިރީގެ ޒަރިއްއާއިން ފެތުރޭ ބައްޔެއްކަން ފާހަގަކޮށް އެޗްޕީއޭއިން ވަނީ ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ގޮވާލައިފަ އެވެ. އެގޮތުން ހަށިގަނޑު ރަނގަޅަށް ނިވާވާގޮތަށް ހެދުން އެޅުމަށާއި، މަދިރި ލޯޝަން ބޭނުން ކުރުމަށާއި، ސްޕްރޭ ބޭނުން ކުރުމަށް އެޗްޕީއޭއިން އިލްތިމާސް ކޮށްފައިވެއެވެ. އަދި ތިން ދުވަހަށް ވުރެ ގިނައިން ހުން އަންނަނަމަ، އަދި ޑެންގީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ސިއްހީ އެހީތެރިއެއްގެ އެހީ ހޯދުމަށް އެޖެންސީން އެދިފައިވެއެވެ.

ޑެންގީގެ ބައެއް އަލާމަތްތައް:

ކުޑަކަމުދެވޭ މިންވަރު މަދުވުން
އާދަޔާ ހިލާފަށްވަރު ދެރަވުން
ހަށިގަނޑުގެ އެއްވެސް ތަނަކުން ލޭ އައުން
ގޭގައި ދެވިދާނެ ބައެއް ފަރުވާތައް:

އަރާމުކުރުން (މީގެ ސަބަބުން ބަލި ފަސޭހަވުން އަވަސްވެ، ބަލި ފެތުރުންވެސް ރައްކާތެރިކޮށްދޭ)
ގިނަ ގިނައިން ދިޔާ އެއްޗެހި ބޭނުންކުރުން (ކުރުނބާ ފެން، ލޮނު ޕެކެޓް، ތާޒާ މޭވާގެ ޒޫސް، ސޫޕް ފަދަ ތަކެތި) (ގިނައިން ދިޔާ ތަކެތި ދިނުމުގެ ބޭނުމަކީ، ލޭގެ ޕްރެޝަރު ރަނގަޅަށް ހިފެހެއްޓުން)
ފެރެސެޓެމޯލް ނޫން ބޭހެއް ބޭނުން ނުކުރުން (ހުން މަޑުކުރުމާއި، ގައިގައި ރިއްސުމާއި، ހުޅުހުޅުގައި ރިއްސުމަށް)