Last Updated: June 6, 22:41
Sunday, June 7, 2026
ޚަބަރު

ހަމަނުޖެހުމެއް ކޮންޓްރޯލް ކުރަން އުޅުނު ފުލުހަކަށް ހަމަލާދީފި

މާލޭ މަގުމަތީގައި ހަރަކާތްތެރިވަމުން އައި ފުލުހެއް-

މާލޭ މާރުކޭޓު ސަރަހައްދުން ފެށުނު ހަމަނުޖެހުމެއް ކޮންޓްރޯލް ކުރަން މަސައްކަތް ކުރި ފުލުހަކަށް ހަމަލާ ދީފިއެވެ.

މީޑިޔާއަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ ހަމަނުޖެހުން ހިނގާފައިވަނީ ދިވެއްސަކާ ބިދޭސީއަކާ ދެމެދު ކަމަށެވެ. މިހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް އެ ސަރަހައްދުގައި ޓްރެފިކް ބަލަމުން ދިޔަ ފުލުހަކު މަސައްކަތް ކުރުމުން، އެމީހުން ވަނީ އެ ފުލުސް މީހާއަށް ހަމަލާ ދީފައެވެ.

ފުލުސް މީހާއަށް ހަމަލާދީ މާރާމާރީ ހިންގަން އުޅުމުން ފުލުހުން ވަނީ މި ދެމީހުންވެސް ހައްޔަރުކޮށްފައެވެ. ހަމަނުޖެހުން ހިންގާފައިވަނީ 46 އަހަރުގެ ދިވެހި ފިރިހެނަކާއި 26 އަހަރުގެ ބިދޭސީއެއް ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ހަމަނުޖެހުމުގެ ތެރެއިން ދިވެހި ފިރިހެން މީހާގެ އަނގަމަތިން ލޭ ފައިބާފައި ހުރި ކަމަށާއި ސީރިއަސް އަނިޔާއެއް އެއްވެސް ފަރާތަކަށް ލިބިފައިނުވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.