މި އަހަރުގެ އެންމެ އުންމީދީ ފިލްމްތަކުގެ ތެރޭގައި ހިމެނޭ ޝާހްރުކް ހާނާއި ދީޕިކާ ޕަދްކޯން ލީޑް ރޯލް ކުޅެފައިވާ "ޗެންނައި އެކްސްޕްރެސް" ގެ ޓްރެއިލާ މިއަދު ލޯންޗްކޮށްފި އެވެ.
މި އަހަރުގެ ފިތުރު އީދާ ދިމާކޮށް، އޮގަސްޓް މަހުގެ 8 ވަނަ ދުވަހު ރިލީޒް ކުރާ "ޗެންނައި އެކްސްޕްރެސް" އަކީ ރޯހިތު ޝެޓީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ހަމަ އެހެންމެ މިއީ ރޯހިތު އާ އެކު ޝާހް އާއި ދީޕިކާ މަސައްކަތް ކުރި ފުރަތަމަ ފިލްމް ވެސް މެެ އެވެ.
ރޯހިތު މިހާތަނަށް ޑައިރެކްޓް ކުރި ހުރިހާ ފިލްމްތަކެއްގައި ހެން ލީޑް ރޯލް ކުޅެފައި ވަނީ އަޖޭ ދޭވްގަން އެވެ.
"ޗެންނައި އެކްސްޕްރެސް" އަކީ ދީޕިކާ ބޮލީވުޑަށް ތައާރަފްވި 2007 ގެ "އޯމް ޝާންތީ އޯމް" ފަހު އޭނާ ޝާހް އާ އެކު ކުޅޭ ދެވަނަ ފިލްމެވެ.
މި ފިލްމްގެ މިއުޒިކް ތައްޔާރުކޮށް ދީފައި ވަނީ ވިޝާލް/ޝޭކަރު އެވެ.