Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

އަނާރާގެ ހާއްސަ ދަރުސް، ކަނބަލުންނަށް!

ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނައީމް - ފޮޓޯ: މަޖިލިސް

މަކުނުދޫ ދާއިރާގެ މެމްބަރު އަލްއުސްތާޒާ އަނާރާ ނައީމްގެ ވަރަށް ހާއްސަ ދަރުސެއް އަންހެން ކަނބަލުންނަށް ހާއްސަކޮށްގެން ބާއްވަން ނިންމައިފިއެވެ.

"ދުލުގެ ނިއުމަތަށް ޝުކުރުވެރިވަމާތޯ" މި މައުޟޫއުގެ ދަށުން ބާއްވާ މި ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 10:30 އިން 12އަށް އިބްރާހީމީ މިސްކިތުގައެވެ. މި ދަރުސްއަށް ވީހާވެސް ގިނަ އަންހެން ކަނބަލުން ވަޑައިގަތުމަށް ވަނީ ދައުވަތު އެރުވިފައެވެ.

ރަމަޟާން މަހާއި ދިމާކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިނީ ނަސޭހަތް ދެމުންދާއިރު އިސްލާމިކް މިނިސްޓްރީންވަނީ ދީނީ ނަސޭހަތް ދިނުމުގެ ސިލްސިލާ ހަރަކާތްތައް އެކި ކަންކޮޅު ތަކުގައި ރާވާފައެވެ. ނަމަވެސް ސީދާ އަންހެން ކަނބަލުންނަށް ހާއްސަ ދަރުސްއެއް ފަހުގެ ތާރީހެއްގައި އިންތިޒާމްކޮށްފައި ނުވެއެވެ.