Last Updated: June 6, 22:41
Sunday, June 7, 2026
ކުޅިވަރު

ސީޒަން ނިމުމުން ހެރޭރާ ޔުނައިޓެޑު ދޫކޮށްލަނީ

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ސްޕެއިންގެ މިޑްފީލްޑަރު އެންޑަ ހެރޭރާ މިސީޒަން ނިމުމުން ކުލަބު ދޫކޮށްލަން ނިންމާާފައިވާ ކަން ކުލަބުން ކަށަވަރުކޮށްދީފިއެވެ.

މެންޗެސްޓާ ޔުނައިޓެޑުގައި ފަސް އަހަރު ހޭދަކޮށްފައިވާ ހެރޭރާ ވަނީ ކުރު މުއްދަތުގައި ކުލަބުގެ ސަޕޯޓަރުންގެ ހިތުން ޚާއްސަ ޖާގައެއް ހޯދާފައެވެ. ނަމަވެސް މިހާ ކުރު މުއްދަތެއް ހޭދަކުރުމަށް ފަހު ހެރޭރާ ކުލަބު ދޫކޮށްލަން ނިންމީ، އެދެވޭ އެއްބަސްވުމަކަށް ކުލަބާ އެކު ވާސިލް ނުވުމުން ކަމަށް ބޭރުގެ މީޑިޔާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ހެރޭރާ މެންޗެސްޓާ ޔުނައިޓެޑު ދޫކޮށްލުމަށް ފަހު ގުޅޭނީ ފްރާންސު ޗެމްޕިއަން ޕީއެސްޖީއާ ކަމަށް އަޑުފެތުރިފައިވެއެވެ. މެންޗެސްޓާ ޔުނައިޓެޑުން އެކުލަބަށް ކުޅޭ ބޭރު ކުޅުންތެރިންނާ އިނގިރޭސި ކުޅުންތެރިންނާ ތަފާތު ކުރާ ކަމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އެގޮތުން ކުލަބުގައި ކުޅެމުން އަންނަ ފިލް ޖޯންސް، ކްރިސް ސްމޯލިން އަދި އޭޝްލީ ޔަންގް ފަދަ ކުޅުންތެރިން ވަނީ އާ ކޮންޓްރެކްޓުގައި ސޮއިކޮށްފައެވެ.