Last Updated: April 25, 09:10
Thursday, April 25, 2024
ޚަބަރު

އައްޑޫގައި އިންޓްރޮޑަކްޝަން ޓު ފްރީ ޑައިވިންގ އަދި ސޭފްޓީ ސެމިނަރ އެއް ބާއްވަނީ

ފްރީ ޑައިވް މޯލްޑިވްސްއާއި އައި ލަވް އައްޑޫ ގުޅިގެން އައްޑޫގައި އިންޓްރޮޑަކްޝަން ޓު ފްރީ ޑައިވިންގ އަދި ސޭފްޓީ ސެމިނަރ އެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މިސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ މި ހިނގާ މޭއި މަހުގެ 18 ވަނަ ދުވަހުގެ ރޭ 21:00 ގައި އީކުއޭޓަރ ވިލެޖުގައެވެ. ހިލޭ ބައިވެރިވެވޭ މި ސެމިނަރގައި މައިގަނޑު ގޮތެއްގައި ބަލާލެވޭނީ ފްރީ ޑައިވިންގ އާއި ބެހޭ މަޢުލޫމާތު ދިނުމާއި ފްރީ ޑައިވްކުރުމުއި އެޅޭނެ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށެވެ.

މި ސެމިނަރގައި ބައިވެރިވުމަށް ނަން ނޯޓުކުރުން މިހާރުވަނީ ހުޅުވާލެވިފައެވެ. އެގޮތުން ނަން ނޯޓު ކުރަން ބޭނުންވާ ފަރާތްތަކުން 9995808، 9189287 އަދި 7446865 އަށް ބައިވެރިވާން ބޭނުންވާ ފަރާތުގެ ނަމާއި ފޯން ނަންބަރު މެސެޖުކޮށްލުމުން ބައިވެރިވެވޭނެެއެވެ.