Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ނަދީމް އިތުރު ފަރުވާއަށް މާލެ ފޮނުވާލަނީ

އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު ނަދީމް އިތުރު ފަރުވާއަށް މާލެ ފޮނުވާލަނީ: ފޮޓޯ - ފޭސްބުކް

ރޭ ހިތަދޫ ބޮޑު މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު ސ. ހިތަދޫ، މުތީ، ނަދީމް މޫސާ އިތުރު ފަރުވާއަށް މާލެ ފޮނުވަން ތައްޔާރުވެއްޖެއެވެ.

ކާރަކާއި ސައިކަލެއް ޖެހި ހިނގި މިއެކްސިޑެންޓުގައި ނަދީމްގެ މޫނާއި ކޮނޑާއި ފަޔާއި ލޮލަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް އާއިލާއިން މައުލޫމާތު ދީފައިވެއެވެ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ނަދީމަށް ފަރުވާ ދެމުން ދިޔަ ނަމަވެސް އަނިޔާތައް ސީރިއަސް ކަމުން މިއަދު މެންދުރު 12:30 ގައި މާލެ ފޮނުވާލުމަށް ހޮސްޕިޓަލުން އަންނަނީ ތައްޔާރު ވަމުންނެވެ.

އެކްސިޑެންޓު ހިނގާފައިވަނީ ހިތަދޫ ކުރީގެ ރީތިފޮޓޯ އިމާރާތް ކުރިމަތިން ކާރެއް ގޯޅި އަޅާލިއިރު ސައިކަލުން ގޮސް ކާރުގައި ޖެހިގެންނެވެ. މަންޒަރު ދުށް ފަރާތަކުން ބުނެފައިވަނީ ކާރު ގޯޅި އަޅާލީ ސިގްނަލް ދިނުމެއް ނެތި ކަމަށެވެ. މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.