Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ތިނަދޫގައި 9 އަހަރުގެ ކުއްޖަކު ރޭޕްކޮށްފި

Thinadhoo Police Station

ގދ. ތިނަދޫގައި މިދިޔަ ހަފްތާތެރޭގައި އުމުރުން 9 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިމައްސަލަ ޖެންޑަ މިނިސްޓްރީއަށް ހުށައެޅިފައިވާކަން އެނގިފައިވާއިރު މިނިސްޓްރީން ވަނީ އަންހެން ކުއްޖާގެ ބެލެނިވެރިކަން، ކުއްޖާގެ މަންމަގެ ފަރާތުން ނަގާފައެވެ. ރަށު ބައެއް ރައްޔިތުންގެ ފަރާތުން އެނގިފައިވާ ގޮތުގައި ރޭޕްގެ ތުހުމަތު ކުރެވެނީ ކުއްޖާގެ މަންމަގެ ލޯބިވެރިޔާއަށެވެ.

އޭނާއާއި ޖެންޑަ މިނިސްޓްރީން ސުވާލުކޮށްފައިވާއިރު އަދި އޭނާ ހައްޔަރުކޮށްފައެއް ނުވެއެވެ. މިމައްސަލަ މިދިޔަ ހަފްތާގައި ފެންމަތިވެފައިވާއިރު މައްސަލަ ހުށައެޅީ ވެސް ރަށުގެ އާންމު ރައްޔިތަކު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ. ނަމަވެސް އޮންލައިން ނޫސް "ފެށުން" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އަންހެން ކުއްޖާ ރޭޕް ކޮށްފައިވަނީ ތިނަދޫ ގެސްޓު ހައުސްއަކަށް ގެންގޮސް އެތަނުގައެވެ.