Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

އައްޑޫގައި އިންޓްރޮޑަކްޝަން ޓު ފްރީ ޑައިވިންގ އަދި ސޭފްޓީ ސެމިނާއެއް ބާއްވައިފި

ފްރީ ޑައިވް މޯލްޑިވްސްއާއި އައި ލަވް އައްޑޫ ގުޅިގެން އައްޑޫގައި އިންޓްރޮޑަކްޝަން ޓު ފްރީ ޑައިވިންގ އަދި ސޭފްޓީ ސެމިނަރ އެއް ބާއްވައިފިއެވެ.

32 ބައިވެރިންނާ އެއްކޮށް ބޭއްވުނު މިސެޝަން އޮތީ އީކުއޭޓަރ ވިލެޖުގައެވެ.

ހިލޭ ބޭއްވުނު މި ސެމިނަރގައި މައިގަނޑު ގޮތެއްގައި ބަލާލެވިފައިވަނީ ފްރީ ޑައިވިންގ އާއި ބެހޭ މަޢުލޫމާތު ދިނުމާއި ފްރީ ޑައިވްކުރުމުއި އެޅޭނެ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށެވެ.

މި ސެމިނަރ އާއި ގުޅިގެން އައްޑޫގައި ފްރީ ޑައިވިންގ ކޯހެއް ވެސް ކުރިއަށް އޮތް ތަނުގައި ބޭއްވުމަށް ވަނީ ހަަމަޖެހިފައެވެ.