Last Updated: April 26, 23:59
Saturday, April 27, 2024
ޚަބަރު

ފިތުރު ޒަކާތުގެ ގޮތުގައި އެއް މިލިއަން ރުފިޔާ ވަނީ ލިބިފައި: މިނިސްޓްރީ

މިއަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަށް 1.16 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

ރޯދަމަހުގެ ދެވަނަ ދުވަހު ޒަކާތް ބަލަން މިނިސްޓްރީން ފަށާފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް 24،429 މީހުން ވަނީ ފިތުރު ޒަކާތް ދައްކާފައި ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މާލޭގައި އިސްލާމިކް މިނިސްޓްރީން ޒަކާތް ބަލައިގަންނަ އިރު އަތޮޅު ތެރޭގައި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލް ތަކުން ޒަކާތް ބަލައިގަންނާނެއެވެ. މީގެ އިތުރުން ބީއެމްއެލް، އިސްލާމިކް ބޭންކް، އަދި ދިރާގާއި އުރީދޫ މެދުވެރިކޮށް ވެސް ޒަކާތް ދެއްކޭ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.